ޚަބަރު

ރާއްޖޭގެ އެންމެބޮޑު އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރު ފަށަނީ


ރާއްޖޭގައި މިހާތަނަށް އަޅާ އެންމެބޮޑު އިންޖީނުގޭގެ އަމަލީ މަސައްކަތްތަކަށް އަންނަ އަހަރު ފެށުމައް ތައްޔާރުވަމުން އަންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ. މިއީ 100 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިންޓިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިޕްރޮޖެކްޓްގައި ފުރުތަމަ ނިންމާފައި އޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށްކަމަށެވެ. ނަަމަވެސް މިހާރު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ އަލަށް އަޅާ އިންޖީނު ގެއަކީ 100 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއްކަމަށާއި އިންޖީނުގެ އެޅުމަށްޓަކައި ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. މިގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާ ގުޅިގެން މި މަޝްރޫޢުގެ ޓެކްނިކަލް މަޢުލޫމާތުތައް އެއްކުރުމާއި މަސައްކަތުގެ ކޮންސަލްޓެއް ނެގުމުގެ މަސައްކަތްތައް ކުރމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި މަޝްރޫއު ނިމުމުން 2030ގެ ކުރިން ކރަންޓުގެ އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެކަމަލަށް ލަފާ ނުކުރެވޭކަމަށެވެ.

"މި މަޝްރޫޢޫގެ ފައިނޭންޝިއަލް މޮޑަލް އަކީ ކޮބައިކަން ބަލަމުން މި އަންނަނީ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ. އުއްމީދަކީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަހު ފަށައިގަތުން." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްޤީކުރި "ފިފްތް ޕަވަތް ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައެވެ. ފިފްތް ޕަވަރ މަޝްރޫޢަކީ މިހާތަނަށް އެއް އިމާރާތެއްގައި ޚިދުމަތްދޭ އެންމެ ބޮޑު އިންޖީނުގެއެވެ. މި އިންޖީނުގޭގައި 50 މެގަވޮޓްގެ ކަރަންޓު ދެވޭ ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ.

ސްޓެލްކޯއިންދަނީ މާލެ ސަރަޙައްދުގައި އިތުރުވަމުންއަންނަ އާބާދީއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރަމުންނެވެ. އެ ކުންފުނިން ވިދާޅުވީ އަލަށް ތަރައްޤީކުރާ 100 މެގަވޮޓްގެ ކެޕޭސިޓީގެ އިންޖީނުގެ ވެގެންދާނީ ހަކަތައިގެ ޚިދުމަތް ދިނުމަށް ރާއްޖޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނުގެއަށް ކަމަށެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓުދިނުމަށް، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމުގެ 4 މަޝްރޫޢެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ސްޓެލްކޯގެ މާލޭގެ އިންޖީނުގޭގެ މުޅި ކެޕޭސިޓީވެސް 100 މެގަވޮޓަކަށް ނާރައެވެ. ސްޓެލްކޯއިން ތައްޔާރުވަމުންދަނީ، މާލޭގެ އިތުރުވަމުން އަންނަ އާބާދީއާއި އަދި ކުރިމަގުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ އާބާދީއަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ބަލައިގެންނެވެ.