ދުނިޔެ

ރާޖަޕަކްސެގެ ދަރިކަލަކު ހައްޔަރު ކޮށްފި


މަނީ ލޯންޑްރިންގ ގެ މަސްއަލައިގައި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެ ގެ ދަރިކަލަކު އެޤައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.ހޮނިހިރު ދުވަހު ހައްޔަރު ކުރެވުނު، އުމުރުން 27 އަހަރުގެ ޔޮޝިތަ އަކީ ނޭވީ އޮފިސަރެކެވެ. ރާޖަޕަކްސަގެ އާއިލާއާމެދު ފައިސާއަށް ޚިޔާނަތްތެރިވެ ވަޑައިގެންކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ފުލުން ބުނީ ޔޮޝިތަ ހައްޔަރު ކުރެވުމަކީ ކުރެވޭ ތުހުމަތުތައް ތަހްގީގް ކުރުމަށް ލިބުނު އަލި މަގެއް ކަމުގައެވެ. ޔޮޝިތައާ އެކު އިތުރު ތިން މީހަކު އިއްޔެ ހައްޔަރު ކޮށްފައިވެއެވެ.