ދުނިޔެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމެރިކާގެ އިޤްތިޞާދު ދަށަށް !


2015
ވަނަ އަހަރުގެ ފަހު ތިން މަސްދުވަހު އެމެރިކާގެ އިޤްތިޞާދަށް ލިބިފައިވަނީ ސުމެއް
ޕޮއިންޓް ހަތެއް އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެޤައުމުގެ ރަސްމީ ތަފާސްހިސާބުތަކުން
ދައްކައިފިއެވެ. އެމެރިކާގެ އިޤްތިޞާދު ދަށަށް ގޮސްފައި މިވަނީ އަހަރުގެ ފަހުކޮޅު އެޤައުމުގެ
ޢާއްމު ވިޔަފާރިއާއި އެކްސްޕޯޓް ދަށަށް ދިއުމުގެ ސަބަބުން ކަމަށް އެމެރިކާގެ
ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެއެވެ. އެހެން ނަމަވެސް މިއީ ވަގުތީ
ކަމެއް ކަމަށާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމެރިކާގެ އިޤްތިޞާދަށް
ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލަފާކުރާ ކަމަށް އެމެރިކާގެ ވިޔަފާރިއާ ބެހޭ
ވުޒާރާއިން ވަނީ ބުނެފައެވެ.



މިދިޔަ އަހަރުގެ ތިން ވަނަ
ކުއާޓަރުގައި އެމެރިކާގެ އިޤްތިސާދަށް 2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ
ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.