ވިޔަފާރި

2015ގެ ފަހު ކުއަރޓަރގަ އެސްޓީއޯއަށް 134 މިލިއަން ރުފިޔާގެ ފައިދާ


މިދިޔަ އަހަރުގެ ފަހު
ކުއަރޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައ 134 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއަރޓަރގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި
ލިބުނު 71.1 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %86.7 އިތުރު ޢަދަދެކެވެ.



ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނި، އެސްޓީއޯއިން ޢާއްމުކޮށްފައިވާ މިދިޔަ
އަހަރުގެ ފަހު ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެސްޓީއޯއަށް
އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ކުންފުނި
ހިންގައިގެން 195.4 މިލިއަން ރުފިޔާގެ ފައިދާއެއް އެސްޓީއޯއަށް ވަނީ ލިބިފައެވެ.

ވިޔަފާރި
ހިންގުމަށް އެ ކުއަރޓަރުގައި އެސްޓީއޯ އިން ވަނީ 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި
ލިބުނު ފައިދާއާއެކު ޙިއްޞާއަކަށް ޖެހޭނީ 119 ރުފިޔާއެވެ.