ޚަބަރު

ރާއްޖޭގައި " ސޭފްޓީ ޑޭ " ފާހަގަކުރަނީ


އިމާރަތްކުރުމުގައި އަމަލުކުރަންޖެހޭ ސަލާމަތީ ކަންތައްތަކާއި ގުޅޭގޮތުން ހޭލުންތެރިކަން
އިތުރުކުރުމަށްޓަކައި ރާއްޖޭގައި "ސޭފްޓީ ޑޭ" އެއް ފާހަގަކުރުމަށް ނިންމާފައިވާ
ކަމަށް މޯލްޑިވްސް އެސޯސިއެޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީ އިން
ހާމަކޮށްފިއެވެ.



މަސީގެ
ރައީސް މުޙައްމަދު ޖަނާހު ވިދާޅުވީ މި އަހަރުން ފެށިގެން ރާއްޖޭގައި "ސޭފް ޓީ
ޑޭ" އެއް ފާހަގަކުރުމަށް ނިންމީ ރާއްޖޭގައި ބިލްޑިންގްތައް
އިމާރާތްކުރަމުންދާއިރު އަދި އިމާރަތްކޮށް ނިމުމަށްފަހުވެސް އެތަންތަނުގައި
ސަލާމަތީ ކަންކަން ހުންނަން ޖެހޭނެ ގޮތްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ކަމަށެވެ.



ކޮންމެ އަހަރަކު އެއް ފަހަރު ރާއްޖޭގައި ސޭފްޓީ ޑޭ
ފާހަގަކުރުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަސް ފާހަގަކުރާނެ ވަކި ދުވަހެއް އަދި
ކަނޑައެއްނާޅައެވެ.