ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީއަށް ‏ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގައި ބޭއްވުނު "މިނިވަން 50 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށްފަހު، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައްޑޫ ސިޓީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.