ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އައްޑޫގެ އިސްފަރާތްތަކާއި ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏އައްޑޫގެ އިސްފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ މި ފަރާތްތަކާއި ބައްދަލުކުރެއްވީ، އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި "މިނިވަން 50 ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުގައެވެ.މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.