ޚަބަރު

ގދ. ތިނަދޫއަށް އިތުރު 2 ޖަނަރޭޓަރު މިއަދު ގެންދަނީ


ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާއިން އަރައިގަތުމަށް  އެކި ފަރާތަތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން އެބެދެއެވެ.ތިނދޫގައި ތިބި ޕީއެސްއެމްގެ ނިއުސްކާސްޓަރުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދު  ތިނަދޫއަށް ދެރަށަކުން އިތުރު 2 ޖަނަރޭޓަރު ގެންދިއުމަށް މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެތެރެއިން އެއް ޖަނަރޭޓަރު ގެންދަނީ ގދ. ކާޑެއްދޫއިންނެވެ. އެއީ 50 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. އަނެއް ޖަނަރޭޓަރު  ގެންދަނީ ގއ. ވިލިގިނލިންނެވެ. އެއީވެސް 50 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ.ސްޓެލްކޯއިން ގެންދާ ބޮޑު ޖަނަރޭޓަރު ގެންދިއުމަށް ތިނަދޫގެ މަގުތައް އެއްވަރުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި ތިނަދޫގެ ކަރަންޓު ޙާދިސާއާއި އިން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، އެރަށުގައި ޙަރަކާތްތެރިވާ އެކި ދާއިރާތަކުގެ ޓީމުތަކުގެ ބައްދަލުވުން މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ޕީއެސްެއެމްގެ ނިއުސްކާސްޓަރުން މައުލޫމާތުދީފައިވެއެވެ.މީގެއިތުރުން ތިނަދޫގެ ބައެއް ސަރަހައްދުތަކަށް މިހާރު ކޮންމެވެސް މިންވަރަކަށް ކަރަންޓް ލިބެމުންދާކަމަށް ޚަބަރު ލިބެއެވެ.