ޚަބަރު

ލަވަކިޔުންތެރިޔާ ރަފްރާތާރާއި ކޯމަލްގެ ކައިވެނި ނިމުމަކަށް


6 އަހަރު ދުވަހު އެކީގައި އުޅުމަށްފަހު އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ރަފްތާރާއި އަންހެނުން ކޯމަލް ވޯރާގެ ކައިވެނީގެ ގުޅުން ނިންމާލައިފިއެވެ.

2020 ވަނަ އަހަރުން ދެ މީހުން ވަކިވާންވެގެން ކޯޓަށް މައްސަލަ ހުށަހެޅިފަހު ދެ މީހުން ދިރިއުޅެނީވެސް ވަކިންނެވެ. ދެ މީހުންގެ ވަރީގެ މައްސަލަ ލަސްވެފައިއޮތީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. ރަފްތާރާއި ކޯމަލް ދިމާވީ ދެމީހުންގެ ރަހުމަތްތެރިއެއްގެ ފަރާތުންނެވެ. އޭގެފަހުން 5 އަހަރު އެއްކޮށް އުޅުމަށްފަހު މި ދެމީހުން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ.

ކެރެލާގެ ޓްރިވެންޑްރަމަށް އުފަން ޢުމުރުން 33 އަހަރުގެ ރަފްތާރުގެ އަސްލު ނަމަކީ ދިލިން ނެއިރު އެވެ. ރެޕް ލަވަކިޔުންތެރިއެއްގެ އިތުރުން ރަފްތާރަކީ ނެށުންތެރިއެއް، ލިރިސިސްޓެއް އަދި މިޔުޒިކް ކޮމްޕޯސާއެކެވެ.

ރަފްތާރު އެނާގެ ކެރިއަރު ފެށީ ނެށުންތެރިއެއްގެ ގޮތުގައެވެ. އޭނާ ރެޕް ކުރަން ފެށީ 2008 ވަނަ އަހަރުއެވެ.