ކުޅިވަރު

އަޑެބަޔޯ ކްރިސްޓަލް ޕެލަސްއަށް


ފްރީ ޓްރާންސްފާ އެއްގެ ދަށުން އެމަނުއެލް އަޑެބަޔޯ ކްރިސްޓަލް ޕެލަސްއާއި ގުޅިއްޖެއެވެ. އުމުރުން 31 އަހަރުގެ އަޑެބަޔޯވަނީ މީގެ ކުރިން ޕްރިމިއަރ ލީގުގެ ގަދަ ބާރުތައް ކަމަށްވާ މެންޗެސްޓާރ ސިޓީ، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާރ އަށްވެސް ކުޅެފައެވެ. އަދި އޭނާވަނީ ސްޕެއިންގެ ރިއާލް މެޑްރިޑަށްވެސް އެއް ސީޒަންގައި ކުޅެފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން ކުޅޭނެ ކުލަބެއް ނެތި ހުރި އަޑެބަޔޯ އެންމެ ފަހުން ޕްރިމިއަރ ލީގުގެ މެޗެއްގައި ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. ކްރިސްޓަލް ޕެލަސްއިން އަޑެބަޔޯ އެޓީމަށް ގެނައީ އެޓީމަށް މި ސީޒަންގައި ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޕެލަސްއަކީ މި ސީޒަންގައި ޕްރިމިއަރ ލީގުގައި މިހާތަނަށް ތިންވަނައަށް އެންމެ މަދުން ގޯލް ޖަހާފައިވާ ޓީމެވެ. އަދި އެންމެ ފަހުން ލީގުގައި ކްރިސްޓަލް ޕެލަސް ވާދަކުރީ ހަ މެޗުންވެސް އެޓީމް މޮޅުވެފައެއް ނުވެއެވެ.