ޚަބަރު

ތިނަދޫގައި ހިނގި އަލިފާނުގެ ޙާދިސާ ފުލުހުން ތަޙުޤީޤު ކުރަނީ


ގދ ތިނަދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ޙާދިސާ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިމާލުވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިގޮތެއް އަދި މުޅިން ސާފުނުވާ ކަމަށާ، އަމިއްލަ ޒާތުގައި އިންޖިނުގޭގައި އަލިފާން ރޯވެދާނެ ފުރުޞަތު އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް ޙާދިސާ ހިނގި ވަގުތު ޑިއުޓީގައި ތިބި މުއައްޒަފުން ގެ ފަރާތުން މަޢުލޫމާތު ލިބިފައިވާކަމުގައެވެ.މިޙަދިސާ އާގުޅިގެން  ތިނަދޫގެ ޙާލަތާ ބެހޭ މަޢުލޫމާތު  އާއްމުނަނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ޕީއެސްމްގެ ނިއުސްކާސްޓަރަކު ތިނަދޫގައި މިހާރު ޙަރަކާތަތެރި ވަމުން އެބަދެއެވެ. ޕީއެސްއެމުން  ތިނަދޫގައި ޙަރަކާތްތެރިވާ ނިޝާން މުޙައްމަދު ދީ ކިޔައިދިން ގޮތުގައި، އަލިފާނުގެ  ހާދިސާ ހިނގުމާއި ގުޅިގެން  ތިނަދޫ އިންޖީނުގެ ސަރަޙައްދު މިހާރު ވަނީ އާއްމުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. އަދި އިންޖީނުގެ ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަޔަކަށް ނުވަދެވޭތީ އެތަނުގެ އިތުރު ތަފްސީލެއް އަދި ސާފު ނުވާކަމަށެވެ.ނަމަވެސް އެރަށުގެ އެއްވެސް ގެއެއްގައި އިންޖީނުގެއިން ދޫކުރާ ކަރަންޓް މިހާރު ލިބެން ނެތްކަމަށާއި، ތިނަދޫ ގެތަކުގައި އާއްމުން ބޭނުންކުރަމުންދާ ކުދި ކުދި ޖަނަރޭޓަރުތަކުން ކޮންމެވެސް މިންވަރަކަށް ގޭގޭގައި ކަރަންޓް ބޭނުން ކުރަމުންދާކަމުގައެވެ. އަދި މާލެއިން، ސްޓެލްކޯއާއި، އެމްޑަބްލިޔު އެސްސީއާއި ގއ.ވިލިނގިއްޔާއި ލާމު އަތޮޅުގެ 2 ރަށަކުން ތިނަދުއަށް ޖަނަރޭޓަރުތައް  ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމުގެ މަޢުލޫމާތު އެރަށު ރައްޔިތުން ދީފައިވާކަމަށްވެސް ނިޝާން ބުނެފައިވެއެވެ.ޕީއެސްއެމް ނިއުސް މެދުވެރިކޮށް މި ހާދިސާގެ ތަފްސީލުތައް ލިބެމުންދާވަރަކުން އާންމުންނާއި ހަމައަށް ގެނެސްދެމުންގެންދާނެއެވެ.