ކުޅިވަރު

ބަޙްރެއިން އަތުން އަންހެން ފުޓްބޯޅަ ޓީމް ބަލިވެއްޖެ


ސައުތު އޭޝިިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ބަޙްރެއިންއާ ވާދަކުރި މެޗުން ދިވެހި ޤައުމީ އަންހެންޓީމް ބަލިވެއްޖެއެވެ.

ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް
ތައްޔާރުވުމަށްޓަކައި މިހާރު ބަޙްރެއިންގައި ކޭމްޕް ކޮށްފައިވާ ޤައުމީ އަންހެން ޓީމް
ކުޅުނު ފުރަތަމަ މެޗުން ބަޙްރެއިންގެ އަންހެން ޓީމާ ވާދަކޮށް ބަލިވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިކޭމްޕްގައި ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު،
ތިން މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބަޙްރެއިންގެ އަންހެން ޓީމާއެވެ.

އަންހެން ޓީމް އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބަހުރެއިންގައި ކޭމްޕްކޮށް ތަމްރީން ހޯދާނެއެވެ. ރާއްޖެއާ
ބަހްރެއިން ވަނީ މީގެ ކުރިން ދެ ފަހަރު ބައްދަލުކޮށްފައެވެ. 2007 ވަނަ އަހަރު އޭޕްރީލް މަހު މާލޭގއި ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް އެއް
ލަނޑު ސުންލަނޑުން ބަހުރެއިން ކާމިޔާބު ކުރިއިރުއިރު، ދެ ވަނަ މެޗު ވަނީ އެއް ލަނޑު އެއް ލަނޑުން
އެއްވަރުވެފައެވެ.