ޚަބަރު

ޓިވެކުން އޯގަސްޓް މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި


ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން (ޓިވެކް)އިން އަންނަ އޯގަސްޓްމަހު ފަށާ
ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިހާރު ޓިވެކުން ހިންގަނީ ޑީސަލް އާއި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި، އިލެކްޓްރީޝަން އާއި އެއަރކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯސްތަކެކެވެ. ޓިވެކުން ބުނީ މި އޯގަސްޓުމަހުގެ އިންޓޭކުގައި ވެސް މި ތިން ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކަށް ހުޅުވާލާފައިވާކަމަށެވެ.


ޓިވެކް ސެންޓަރުން ހިންގާ ކޯސްތަކުގައި ބައިވެރިވާކަށް ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ކޯސް ނިމެންދެން ކެއިންބުއިމާއި، ނިދުމުގެ ކަންކަމަށްވެސް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް ހޮވާނީ 50 މީހުންނެވެ.
މިކޯސްތަކުައި ބައިވެރިވުމުގެ މުއްދަތު އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެސެންޓަރުން ބުނެއެވެ

ޓިވެކްއަކީ ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން 2016 ވަނަ އަހަރު ކިހާދޫގައި ގާއިމުކުރި ސެންޓަރެކެވެ.