 
										 
										 
										 
										
			މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށްގެން "އެޕްލައިޑް ސްކޫލް ކައުންސިލިންގ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ 2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓިޗަރުންގެ އިތުރުން ކައުންސިލަރުން ހިމެނޭހެން ޖުމްލަ 30 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 
މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަވަނީ މެލޭޝިޔަން ބޯޑް އޮފް ކައުންސަލާސް ގައި ރެޖިސްޓަރވެފައިވާ ކައުންސިލަރ އަދި ކައުންސިލިންގ ދާއިރާގެ މާހިރެއް ކަމަށްވާ ކްރިސްޓޮފަރ ރާޖް އެންތަނީއެވެ.