ވިޔަފާރި

އޫރީދޫއިން މޮބައިލް މަނީގެ ޚިދުމަތް ތައާރަފްކުރަނީ


ރާއްޖެއަށް މޮބައިލް މަނީގެ
ޚިދުމަތް ތައާރަފް ކުރުމަށްޓަކައި، އުރީދޫއިން މޯލްޑިވްސް އިސްލާމިކް ބޭންކާއި އެކު
އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފިއެވެ.



މިއަދު ސޮއިކޮށްފައި މިވަނީ އުރީދޫއިން މޮބައިލް މަނީގެ ޚިދުމަތްދޭން ފެށުމަށްޓަކައި ބޭނުންވާ ޓްރަސްޓް އެކައުންޓް ބެލެހެއްޓުމާއި ގުޅޭ އެމް.އޯ.ޔޫގައެވެ.



މި އެމް.އޯ.ޔޫ ގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން
ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހައެވެ. އަދި މޯލްޑިވްސް އިސްލާމިކް
ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަަރ ޙާރިޘް ޙާރޫނެވެ.



ޓްރަސްޓީ ބޭންކެއްގެ ގޮތުން، އެމްއައިބީއިން
ކަސްޓަމަރުންގެ މާލީ މުދާތައް ރައްކާތެރިކޮށްދީ، އުރީދޫގެ މޯބައިލް މަނީ ޚިދުމަތް
ބޭނުންކޮށްގެން ކުރެވޭ ހުރިހާ ފައިސާގެ މުޢާމަލާތްތައް ރައްކާތެރިކަމާއިއެކު
ކުރިއަށްދާނެކަމުގެ ޔަޤީންކަން ފޯރުކޮށްދޭނެ ކަމަށް އުރޫދޫއިން ހާމަކުރެއެވެ.



މޯބައިލް މަނީގެ ޚިދުމަތުގައި މޯބައިލް ފޯނު މެދުވެރިކޮށް
ފައިސާ ދެއްކުން އަދި ޓްރާންސްފަރ ފަދަ ފައިސާގެ މުޢާމަލާތްތައް ކުރެވިގެން ދާނެއެވެ. އުރީދޫގެ މޮބައިލް
މަނީގެ ޚިދުމަތް މިއަހަރުގެ ކުރީކޮޅު ދޭން ފެށޭނެކަމަށް ބެލެވެއެވެ.