ދުނިޔެ

ސޫރިއާގެ ހުޅަނގުގެ ރަށެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފި


ސޫރިޔާ ގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށެއް ސަރުކާރު ސިފައިން މިނިވަންކޮށްފިއެވެ. ސޫރިޔާގެ ރަސްމީ ޓީވީން ބުނީ މިއީ އެޤައުމުގެ ހުޅަނގުގެ ސިޓީއެއް ކައިރީގައިވާ އައްރުބައިޢާ ނަމަކަށް ކިޔާރަށެއްކަމަށެވެ. އެރަށުން އިދިކޮޅު ހަނގުރާމަވެރިން ފައްސާލެވުނީ ސަރުކާރު ސިފައިންނާއި ރަޝިޔާގެ ވައިގެ ބާރުތަކުން ގުޅިގެންދިން ޙަމަލާތަކުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގެ އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް"އިންވެސް ވަނީ އައްރުބައިއާ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މިއަދު އަލުން ގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ. މިރަށް އަތުލެވުމާއެކު ސޫރިޔާ ހުޅަނގު އުތުރުން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ހަމައަށް ދިޔުމުގެ ފުރުޞަތު ސޫރިޔާ ސަރުކާރު ސިފައިންނަށް ތަނަވަސްވެފައިވާކަމަށާ އައްރުބައިޢާ އަތްދަށުން ދިޔުމަކީ އިދިކޮޅު ހަނގުރާމަވެރިންނަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިންވަނީ ސިފަކޮށްފައެވެ..