ޚަބަރު

ޕައޮލާ ޕަމްޕަލޯނީ، ޚާރިޖީ ވަޒީރު ދުންޔާއާއި ބައްދަލުކުރައްވައިފި


ޔޫރަޕިއަން އެކްސްޓަރނަލް  އެކްޝަން ސަރވިސްގެ ދެކުނު އޭޝިޔާ ޑިވިޝަންގެ ވެރިޔާ ޕައޮލާ ޕަމްޕަލޯނީ، ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.މި ބައްދަލްކުރެއްވުން ބޭއްވެވީ ޚާރިޖީ ވުޒާރާގައެވެ.މިބައްދަލްކުރެއްވުމުގައި ޚާރިޖީ ވަޒީރާއި އީއީއޭއެސްގެ ވެރިޔާ ވަނީ ޔޫރަޕްގެ އިއްތިޙާދާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.