ޚަބަރު

ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާއަށް ދެ ކަރުދާހެއް ހުށަހަޅައިފި


ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މިއަދު ދެ ކަރުދާހެއް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފިއެވެ.ޖަމްޢިއްޔާތަކުގެ މަހާސިންތާގައި މިއަދު މަޝްވަރާކުރީ މަދަނީ ޖަމްޢިއްޔާތަކުގެ ދައުރާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި ބައިނަލްއަޤްވާމީ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ޖަމްޢިއްޔާތަކާއި ދައުލަތުން ގުޅިގެން ކުރެވިދާނޭ ކަންތައްތަކާއި ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ސަރުކާރު ޒިންމާދާކުރުވުމަށް މަދަނީ ޖަމްޢިއްޔާތަކަށް އަދާކުރެވިދާނެ ދައުރު ހިމެނެއެވެ. މީގެ އިތުރުންވެސް، މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި މާލީ ގޮތުންނާއި،ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް،މިކަންކަން ޙައްލު ކުރުމަށް އެޅިދާނޭ ފިޔަވަޅު ތަކެއް ޖަމްޢިއްޔާތަކުން ވަނީ ހުށަހަޅާފައެވެ.މި މަހާސިންތާގައި ބައިވެރިވި ބައެއް ޖަމްޢިއްޔާތަކުން ބުނީ، މާހިސިންތާއަކީ ޖަމްޢިއްޔާތަކުގެ ކުރިމަގަށް ހިންގުނު މުހިންމު މަހާސިންތާއެއް ކަމަށެވެ. މިއީ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ތިންވަނަ ފޯރަމެވެ.