ޚަބަރު

2015- ފާހަގަކޮށްލެވޭ އަދަދަކަށް ރާއްޖޭގައި ބިދޭސީން އިސްލާމްވި


މިދިޔަ އަހަރަކީ ބިދޭސީން ރާއްޖޭގައި އިސްލާމްވި އަދަދު ފާހަގަކުރެވޭވަރަށް އިތުރު އަހަރެއްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު 46 މީހަކު ރާއްޖޭގައި އިސްލާމްދީން ޤަބޫލުކޮށް، އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ލިބިގެންފައިވާކަމަށެވެ.މީގެ ތެރޭގައި ހިމެނެނީ 22 ޤައުމަކުން 34 އަންހެނުންނާއި، 12 ފިރިހެނުންކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.އިސްލާމްދީނަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެކަމަށް މަގުފަހިކޮށްދެއްވުނުމުގެ މަސައްކަތަކީ، އިސްލާމިކް މިނިސްޓްރީން ވަރަށް އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން، އިސްލާމް ދީނާބެހޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ ފަދަ މަޢުލޫމާތު އެމީހަކަށް އެނގޭ ބަހަކުން ލިބިދިނުމާއި އިސްލާމް ދީނަށް ވަނުމަށް ބޭނުންވާ އެހީތެރިކަން ލިބިދެއްވުމުގެ މަސައްކަތްކުރައްވައެވެ. އަދި ދީނީ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުންވެސް ގެންދަވައެވެ.ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތިންސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ބިދޭސީން އިސްލާމް ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. މީގެތެރޭގައި ހިމެނެނީ، 213 އަންހެނުންނާއި، 153 ފިރިހެނުންނެވެ.