ވިޔަފާރި

މިއަހަރުގެ އެފްއެންޑްބީ ޝޯ އަންނަ މަހު ބާއްވަނީ


ކާބޯތަކެއްޗަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެބޮޑު އެއް ޝޯވ "ފުޑް އެންޑް ބެވަރޭޖް" ޝޯވ އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ. މިއީ ހައިރައިޒުން އިންތިޒާމްކުރާ އިވެންޓެކެވެ.

އެފްއެންޑްބީ ޝޯވއަކީ އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް އެމީހުންގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިސްތިހާރުކޮށް މާކެޓް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއަހަރުގެ އެފްއެންޑްބީ ޝޯ އޮންނަނީ އަންނަ މަހުގެ 2 އަކުން 4 އަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޝޯވ މެދުވެރިކޮށް އެފްއެންޑްބީ ދާއިރާގެ ޙިދުމަތްތަކާއި އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް މި ޝޯވގައި ބައިވެރިވާނެއެވެ.

މި ޝޯވ އޮންނަނީ އަންނަ މަހުގެ 2 އަކުން 4 އަކަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އަކުން ރޭގަނޑު 10 އަކަށެވެ. ޝޯވގެ ތެރެއިން ލަކީޑްރޯތަކާއި، ޑިސްކައުންޓްތަކާއި އަދި އުފެއްދުންތައް ގަތުމުގެ ކުރިން ސާންޕަލް ޓެސްޓު ކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މިއީ އެފްއެންޑްބީ ޝޯވ ބާއްވާ 5 ވަނަ އަހަރެވެ.