ޚަބަރު

މާލޭ ގެއެއްގެ 6ވަނަ ފަންގިފިލާގައި ރޯވެ، ގެއްލުންތަކެއްވެއްޖެ


މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އަލިކިލޭގެފާނުމަގުގައި ހުންނަ "ޒަމާނީ ގުލްޝަން" ނަމަކަށް ކިޔާ ގެއެއްގެ 6 ވަނަ ފަންގިފިލާގައެވެ. އެގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ، މިރޭ 20:39 ހާއިރު ވަނީ ނިއްވާލާފައެވެ. އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:21 ހާއިރުކަމަށެވެ.

މި ޙާދީސާގައި އެއްވެސް މީހަކު ޒަޚަމްވެފައެއްނުވެއެވެ. އެހެންނަމަވެސް "ޒަމާނީ ގުލްޝަން"ގޭގެ 6 ވަނަ ފަންގިފިލާގައި ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.