ޚަބަރު

އެދުރުންނަށް މިއައީ ޢީދެއް، އުފާވެރިކަމުގެ ޝުޢޫރުތައް އިންތިހާއަށް


އެދުރުންނަކީ ކޮންމެ މުޖުތަމައެއްގައިވެސް ހުރިހާ ޒަމާނެއްގައިވެސް ވަރަށް ޤަދަރުވެރި ބައެކެވެ. ލޯތްބާއި އިހުތިރާމު އެމީހުންނަށް އެންމެންގެ ފަރާތުންވެސް ލިބެއެވެ. އެދުރުން ކޮށްދޭ މަސައްކަތުގެ އަގެއްގެ ގޮތުން ކުދިންގެ ގޭގެއިން އެކި ބާވަތްބާވަތުގެ ހަދިޔާ ދީއުޅުނު ޒަމާނެއްވެސް ދިވެހި މާޒީގައި ދެކެފައިވެއެވެ. ދުވަސްތައް މާޒީވެ، ސަރުކާރުގެ މަދަރުސާތައް އިތުރުވެ، ތައުލީމުގެ ނޫރު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރެން ފެށުމުން ސަރުކާރުން މުވައްޒަފުންނަށް އަގު ދޭން ފެށިއެވެ.

ވޭތުވެ ދިޔަ ދިގު މާޒީގައި ރާއްޖޭގެ ރަށްރަށުގައި ސްކޫލުތައް އިތުރުވެ، ސްކޫލަށްދާ ދަރިވަރުންގެ އަދަދުވެސް އިތުރުވިއެވެ. ނަތީޖާއަކީ ހާހުން ހާހުން ދަރިވަރުންގެ އަދަދު އިތުރުވުމެވެ. އިތުރުވަމުންދާ އާބާދީއާއެކު ސްކޫލުތަކަށް ބޭނުންވާ މުދައްރިސުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. މުޖުތަމައުގައި ޑޮކްޓަރުންނާ، އޮޑިވެރިންނާ، ވިޔަފާރިވެރިންނާ، މަސްވެރިންނާ، ސިޔާސީ ލީޑަރުންނާ، ފަންނުވެރިން އުފެއްދުމުގެ އެންމެ އިސް ސަފުގައިތިބި މުދައްރިސުންނަށް ދިރިއުޅުމުގެ މުހުތާދުތައް ފުއްދާނެ ރަނގަޅު އާމްދަނީއެއް ލިބޭނެކަމުގެ ފޮނި އުއްމީދުގައި ތިއްބެވެ.

ދޭތެރެއަކުން މުދަރިސުންގެ މުސާރައިގެ ވާހަކަ ޕޯޑިއަމްތަކުންވެސް އިވެއެވެ. އިންތިޚާބުތަކާ ދިމާކޮށް ނެރޭ މެނިފެސްޓޯތަކާ، ވައުދުނާމާތަކުގައި މުދައްރިސުންގެ މުސާރައިގެ އޮނިގަނޑުގެ ކުރެހުންތަކާ ޗާޓުތައްވެސް ކުރަހައެވެ. ނަމަވެސް ދުވަސްވެ ބާވުމުން އެ ކަރުދާސްތައް ނެތިގެންދަނީ މުސާރައިގެ އޮނިގަނޑުގެ ކުރެހުންތަކާ ޗާޓުތައް ފޭދިގެންނެވެ.

ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި މުދައްރިސުން ކުރީ ކޮންކަމެއް؟

ފަހުގެ ތާރީޚެއްގައި ދުނިޔެ ތަހައްމަލު ނުކުރާފަދަ ބިރުވެރި ބަލިމަޑުކަމަކާ މުދައްރިސުން ކުރިމަތިލީ ހިތްވަރާއެކުގައެވެ. ކޯވިޑްގެ ވައިރަސް ވައިރޯޅިއެއްފަދައިން ދުނިޔެ ތެރެއަށް ފެތުރި، އިންސާނުން ގޭގޭގައި ބަންދުވީ ދުވަހު، މުދައްރިސުން އެމީހުންގެ ފޯނުތަކާ ލެޕްޓޮޕްތައް ނެގީ އަހަރެމެންނަށް މިހެން މަޑަކުން ނުތިބެވޭނެކަމަށް ބުނަމުންނެވެ.

ކޯވިޑާހެދި ޖީލެއް އިލްމާ ހިލްމެއް ނެތް ޖާހިލު ބަޔަކަށް ވިޔަ ނުދޭނެކަމުގެ ޔަގީންކަންވެސް ދެމުންނެވެ. އޭރުވެސް އަދުގެ ސަރުކާރުން ބުނަމުން ދިޔައީ ތިޔަ މުދައްރިސުންނަށް ދެރަގޮތެއް ވިޔަ ނުދޭނެކަމަށެވެ. މުދައްރިސުންނަކީ މުޖުތަމައުގައި އަގުހުރި ޤަދަރުވެރި ބަޔަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ދިޔައީ ދެއްވަމުންނެވެ.

މުދައްރިސުންގެ އަގު ވަޒަން ކުރީ ކިހިނެއް؟

ޝަރަފުވެރި ދިރިއުޅުމެއް މުޖުތަމައުގައި އުޅުމަށްޓަކާ މިއަދު ހުރިހާވެސް އެއްޗަކީ އަގެވެ. ފައިސާއެވެ. މުސާރައެވެ. މުޅި މުޖުތަމައު ބިނާ ކުރާ މީހުންނަށް އާދައިގެ ކުޑަ މުސާރައެއް ދިނުމަކީ ބުއްދީގެ ނަޒަރުން ބަލާއިރު ޤަބޫލުކުރެވޭ ކަމެއް ނޫނެވެ.

ދިވެހި ތަޢުލީމީ ނިޒާމުގެ ތާރީޚު ބަދަލުކޮށްލައްވާ، ދިވެހި މުދައްރިސުންނަކީ މުޖުތަމައުގައި ޝަރަފުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމުގެ ހުވަފެން، ހަޤީޤަތަކަށް ހަދައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމުގެ ހިތްވަރު ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ޝުކުރުގެ ޖިޒީތައް އޮހެންވީ ކީއްވެ؟

އެކާވީސް ވަނަ ޤަރުނާ ނުބައްދަލު މުސާރައެއް ގެޔަށް ގެންދަމުންދިޔަ މުދައްރިސުންނަށް މުސާރައިގެ ކުރިއެރުމެއް ލިބުމާއެކު މުދައްރިސުންގެ ޝުޢޫރުތައް ބަންޑުންވާން ފެށިއެވެ. ކަރުނަޔާއެކުއެވެ. އުފަލުގެ ކަރުނައެވެ. މީގެ ކުރިން މީސް މީޑިޔާގެ އާންމު މަންސަތަކުގައި ދުވަހަކުވެސް އެއްޗެއް ނުބުނާ މީހުންނަށްވެސް އެއްޗެކޭ ނުބުނެ ކެތް ނުވީއެވެ.

މުދައްރިސަކު ޓުވިޓަރގައި އޭނާގެ ޝުޢޫރު ފާޅުކޮށްލީ މިފަދަ ގޮތަކަށެވެ. "ހަޤީޤަތުގައިވެސް މުސާރަތަކަށް ތިޔަ ގެނެސްދެއްވީ ވަރަށް ހެޔޮ ބޮޑު ބަދަލެއް" މިފަދައިންނެވެ.

މުދައްރިސުންގެ މުސާރަޔަށް ގެނެވުނު ބަދަލާ ގުޅިގެން މުދައްރިސަކު ފާޅުކުރި ޚިޔާލެއްގައި ވެއެވެ. "ލިބޭ ކުޑަ މުސާރަކޮޅު ކުއްޔަށް ދީގެން ހަތަރު ކުދިން ގޮވައިގެން އުޅެމުން، މާސްޓަރސް އަށް ކިޔެވީ. ހޯދި ސެޓްފިކެޓުގެ އަގު އަދިކިރިޔާ މިލިބުނީ. ވަރަށް އުފާވެއްޖެ. ދެން ހަމަ ޖެހިލައިގެން ދިރިއުޅެވިދާނެ. ޝުކުރިއްޔާ ރައީސް" ހިތްހަމަ ޖެހިފައިވާކަން ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ.

ތައުލީމީ ދާއިރާގައި އުމުރުގެ ބޮޑު ބައެއް ހޭދަކުރައްވާފައިވާ މުދައްރިސެއްކަމަށްވާ އަމްޖަދު ރަޝާދު، އޭނާގެ ޝުޢޫރުތައް ބަންޑުންކޮށްލަވަމުން ވިދާޅުވިއެވެ.

"މުދައްރިސުންގެ ކުރިއެރުމަކީ ރާއްޖޭގެ ވަރަށް ގިނަ ޢާއިލާތަކެއްގެ އުއްމީދެއް. މި އުއްމީދު ޙާސިލުކޮށްދެއްވެވީތީ އެންމެ ފުރަތަމަވެސް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުވެރިވަން. މިއީ ވަރަށް ބަލައިގަންނަ ކުރިއެރުމެއް. ވަރަށް ގިނަ އާއިލާތަކަކަށް ދަތިވެފަ އޮތްކަމެއް. އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވެނީ މުސާރަ ބޮޑުކުރާ ވާހަކަ، ނޫނީ ފުދުންތެރިކަން އިތުރުކުރާ ވާހަކަ، އެހެންނަމަވެސް އަޅުގަނޑުމެންގެ މުސާރަ ބޮޑުކުރެއްވުމަށް ކެރިވަޑައިގެންނެވިކަމީ އަޅުގަނޑުމެންނާ ދޭތެރޭ ބަހައްޓަވާ ހަމްދަރުދީގެ ހެއްކެކޭ."

"
"މުދައްރިސުންގެ ކުރިއެރުމަކީ ރާއްޖޭގެ ވަރަށް ގިނަ ޢާއިލާތަކެއްގެ އުއްމީދެއް. މި އުއްމީދު ޙާސިލުކޮށްދެއްވެވީތީ އެންމެ ފުރަތަމަވެސް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުވެރިވަން. މިއީ ވަރަށް ބަލައިގަންނަ ކުރިއެރުމެއް. ވަރަށް ގިނަ އާއިލާތަކަކަށް ދަތިވެފަ އޮތްކަމެއް. އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވެނީ މުސާރަ ބޮޑުކުރާ ވާހަކަ، ނޫނީ ފުދުންތެރިކަން އިތުރުކުރާ ވާހަކަ، އެހެންނަމަވެސް އަޅުގަނޑުމެންގެ މުސާރަ ބޮޑުކުރެއްވުމަށް ކެރިވަޑައިގެންނެވިކަމީ އަޅުގަނޑުމެންނާ ދޭތެރޭ ބަހައްޓަވާ ހަމްދަރުދީގެ ހެއްކެކޭ."
މުދައްރިސެއްކަމަށްވާ އަމްޖަދު ރަޝާދު

ދެކުނުގެ ރަށެއްގެ ޕްރިންސިޕަލަކު އޭނާގެ ޝުޢޫރު ފާޅުކުރައްވަމުން މީސްމީޑިޔާގައި ލިޔުއްވާފައިވެއެވެ.

"ރައީސް ނަޝީދާއި، ރައީސް ޔާމީނާއި، އަދި ރައީސް ޞާލިހު ވެސް ވެރިކަމަށް ވަޑައިގެންނެވީ އަޅުގަނޑާއި އާއިލާގެ ފުލް ސަޕޯޓާއި ވޯޓާއި އެކު. ނަމަވެސް މިއިން އެއްވެސް ބޭފުޅެއްގެ ވެރިކަން ފެށި، ނިމި މިއަދާއި ހަމަޔަށް އައިއިރު އަޅުގަނޑު ނުހުންނާނެ މިއިން ބޭފުޅަކަށް ސޯޝަލް މީޑިއާގަ އެހާބޮޑަށް ތައުރީފު ކޮށްފަ. ސަބަބަކީ އަޅުގަނޑުގެ ނަޒަރުގައި ގައުމުގެ ހުރިހާ ދާއިރާތައް ތިލަފަތުގެ އެއްކޮޅަށް އެރުވިޔަސް ބަރު ވާނީ، އަދި ބަރުކުރަން ޖެހޭނީ ތައުލީމީ ދާއިރާ. އެކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ވެރިކަމުގެ ކުރިން ވެސް ވައުދުވެ، ވެރިކަމަށް ވަޑައިގެންވެސް ތަކުރާރުކޮށް ވައުދުވެ އެންމެ ޕްރޮފެޝަނަލް ގޮތެއްގަ އެކަން ކޮށް މި އުފާވެރި ވަގުތު ކޮޅު ގެނެސް ދެވުނު ހަމައެކަނި ވެރިއަކީ ރައީސް ސާލިހް... އެމަނިކުފާނަށް އަޅުގަނޑު އުސްތާޛެއްގެ ހައިސިއްޔަތުން އަރުވާ ލަގަބަކީ "21 ވަނަ ގަރުނުގެ ދިވެހިރާއްޖޭގެ ބައްޕަ" ގެ ލަގަބު."

ކޮންމެއަކަސް މާޒީ ފާއިތުވީއެވެ. ކުޑަ މުސާރަވެސް މާޒީވީއެވެ. މަސް ނިމުމުން ޕްރިންސިޕަލުންނާ މުދައްރިސުންނާ ސްކޫލުތަކުގެ އިސްވެރިންނާ މުވައްޒަފުން ގެއަށް ވަޑައިގަންނަވާނީ އުފަލުންނެވެ. ބޮޑު މުސާރަޔާއެކުގައެވެ. އަދާކުރާ ޤައުމީ ޒިންމާގެ އަގު ސަރުކާރުން ވަޒަންކުރި ކަމުގެ ހިތްހަމަޖެހުމާއެކުގައެވެ.