ޚަބަރު

ބޮޑު ތަފާތަކުން ރިޔާސީ ދެވަނަ ދަޢުރެއް މެޚްރޮންނަށް


ބޮޑު ތަފާތަކުން ރިޔާސީ ދެވަނަ ދަޢުރެއް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ކާމިޔާބުކުރައްވައިފިއެވެ. އެއާއެކު ޢުމުރުފުޅުން 44 އަހަރުގެ މެޚްރޮން ވެވައިގެންފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަޤުތީ ނަތީޖާއިން ދައްކައި ގޮތުގައި މެޚްރޮންނަށް ލިބިވަޑައިގެންފައިވަނީ %58.2 ވޯޓެވެ. އަދި އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާކަމަށްވާ ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލު ޕޭންނަށް ލިބިވަޑައިގެންފައިވަނީ %41.8 ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މެޚްރޮންނަށް ލިބިވަޑައިގެންފައިވަނީ %27.41 ވޯޓެވެ. އަދި ލު ޕޭންނަށް ލިބިވަޑައިގެންފައިވަނީ %24.03 ވޯޓެވެ.

2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެޚްރޮންނާއި ލު ޕެންނެވެ. އެ ފަހަރު މެޚްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ %66 ވޯޓުންނެވެ.