މިސްކިތްތައް ބެލެހެއްޓެވުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީން ވަކިގޮތަކަށް ހަމަޖައްސަވަންދެން ފުވައްމުލަކުގެ މިސްކިތްތަށް ބެލެހެއްޓެވުމުގެ ހުރިހާކަމެއް އެރަށު ކައުންސިލުން ކުރިއަށްގެންދަވާ ގޮތަށް އެރަށު ކައުންސިލްތަކާއި، އިސްލާމިކް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލުން މިގޮތަށް އެއްބަސްވެފައި މިވަނީ އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށަށް ރަށްރަށުގެ މިސްކިތްތަށް ބަދަލުވުމާއި ގުޅިގެން ކައުންސިލްތަކާއި އެމިނިސްޓްރީއާ ދެމެދު އުފެދުނުޚިޔާލް ތަފާތުވުންތަކަކަށްފަހުގައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފުވައްމުލަކު ކައުންސިލްތަކާއި އެކު އެއްބަސްވުމަށް އާދެވިފައިވަނީ އެ އަތޮޅަށް ދަތުރުކުރި މިނިސްޓްރީގެ ޓީމަކާއެކު އިއްޔެ ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައިކަމަށެވެ. އަދި މިސްކިތްތައް ބެލެއްހެއްޓެވުމަށް މިނިސްޓްރީން ކުރައްވަންޖެހޭ ކަންކަން ވަރަށް އަވަހަށްކޮށް ނިންމަވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.ފުވައްމުލަކުގެ ބައެއް މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހު ހުކުރު ކުރާނެ އިމާމުން ކައުންސިލްތަކުން ހަމަޖައްސާފައިނުވާތީ އެދުވަހުގެ ހުކުރު އެރަށުގެ މިސްކިތްތަކުގައި ކުރައްވާފައިވަނީ، އިމާމުންނާއި މިމިނިސްޓްރީން ވާހަކަދައްކަވައިގެންނެވެ.