ޚަބަރު

ރަސްމީ ދަތުރުޅެއްގައި ނައިބު ރައީސް ފުވައްމުލަކަށް


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނަށް ފުވައްމުލަކު އެއާރޕޯޓުން މަރުހަބާ ދެންނެވީ މޭޔަރ އިސްމާޢިލް ރަފީޤްއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއާ އެ މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެޑައިގަންނަވައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާއިބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.