ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ބުދަ ދުވަހު ކުޅުނު މެޗުތައް ދިވެހި ސިފައިންގެ ކްލަބް އަދި އެވިއާ މޯލްޑިވްސްއިން ކާމިޔާބުކޮށްފިއެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު މެރީކޯނާރއާއި ބައްދަލުކޮށް 82 ލަނޑުން ކާމިޔާބުކރީ ދިވެހި ސިފައިންގެ ކްލަބެވެ. ދިވެހި ސިފައިންގެ ކްލަބް 8 އޯވަރުގެ ތެރޭގައި 163 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 68 ލަނޑުހެދި އަހުމަދު ހަސަން އަދި 31 ލަނޑު ހެދި އިބްރާހިމް ހިލްމީއެވެ. ޖަވާބުގައި މެރީކޯނަރ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 93 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑު ހެދި އަޙްމަދު އަރަފާތާއި 17 ލަނޑުހެދި އަޙްމަދު އަޒްހަރްއެވެ.
ދެވަނަ މެޗަށް ގަލޮޅު ކަންމަތި ބަނަފްސާ ގަޑިއަށް ހާޒިރު ނުވުމުން އެވިއާ މޯލްޑިވްސް މޮޅުވިކަމަށް އަމްޕަޔަރުން ނިންމިއެވެ.
މި މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅޭނީ ސެމީފައިނަލްގެ ދެމެޗެވެ. ފުރަތަމަ ސެމީގައި އޭއާރްސީ އާއި އެވިއާ މޯލްޑިވްސް އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ސަންކުއިކް ލިލީ އާއި އެއާޕޯޓް ރިކްރިއޭޝަން ކްލަބްއެވެ.