ދުނިޔެ

ޓައިވާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި


ޓައިވާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.މިއިންތިޚާބުގައި ވެރިކަން ކުރާ ކޭ.އެމް.ޓީ ޕާޓީއިން ވާދަކުރައްވަނީ އެރިކް ޗޫ އެވެ. އަދި އިދިކޮޅު ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ފަރާތުން ވާދަކުރައްވަނީ ސައި އިންގް-ވެންއެވެ.  ސައި އިންގް-ވެން އަކީ ޓައިވާނުގެ ތާރީޚުގަައި އެގައުމުގެ ރިޔާސީ ރޭހުުގައި އަންހެން ބޭފުޅަކު ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.އިންތިޚާބުގައި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ އިދިކޮޅު ޕާޓީއިން ވާދަކުރައްވާ އިންގް-ވެން ކަމަށް ޓައިވާނުގެ ސިޔާސީ ތަޖުރިބާކާރުން ލަފާ ކުރެއެވެ. އިންތިޚާބުގައި އިންގް-ވެންއަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ ޓައިވާނާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ދިއުމަކީ އެކަށިގެންވާ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.ޗައިނާއަކީ ޓައިވާނާ އެކު އެންމެ ގިނަ ވިޔަފާރީގެ މުޢާމަލާތައް ކުރާ ގައުމެވެ. އަދި ޓައިވާނުން އެންމެ ގިނަ އިންވެސްޓްމަންޓްތައް ވެސް ކުރަނީ ޗައިނާގެ ކުންފުނިތަކާ މަޝްރޫޢުތަކަށެވެ.