ޚަބަރު

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންފި


ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ
ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝައިފުލް ޙައްޤު، ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.



ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ
ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން
އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ
ޖެނެރަލް އަޙްމަދު ޝާހިދެވެ.



މިމަހު 15 ން 19 އަށް
ބަނގުލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝައިފުލް
ޙައްޤު ރާއްޖެއަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް
ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ ބައްދަލުކުރައްވާގޮތަށް ވަނީ
ހަމަޖެހިފައެވެ.



ބަނގުލަދޭޝްގެ ޗީފް އޮފް އާރމީ
ސްޓާފް ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް
އަޙްމަދު ޝިޔާމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.