ކުޅިވަރު

ސާފް ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމް އިއުލާންކޮށްފި


ބާރަވަނަ ސައުތް އޭޝިއަމް ގޭމްސްގައި ވާދަކުރާ ފެތުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފިއެވެ.ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްްސްއިން މިއަދު އިއުލާންކުރި ސްކޮޑުގައި ހިމެނެނީ ހަ ފިރިހެން ފެތުންތެރިންނާއި ފަސް އަންހެން ފެތުންތެރިންނެވެ. ސަރުކާރުގެ ޚަރަދުުގައި ގޭމްސްގައި ވާދަކުރުމަށް ފުރުސަތު ލިބިފައިވަނީ ހަތަރު އަންހެން ފެތުންތެރިންނާއި ދެ ފިރިހެން ފެތުންތެރިންނަށެވެ.ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްްސްގެ ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވީ ސްކޮޑް ފައިނަލްކޮށްފައިމިވަނީ މާލޭގައި އިއްޔެ ކުރިއަށްގެންދިޔަ ޓައިމް ޓްރަޔަލަތަކަށް ފަހުގައިކަމަށާއި، ފައިނަލް ސްކޮޑުން ޖާގަ ލިބިފައިމިވަނީ ޓައިމް ޓްރަޔަލްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ފެތުންތެރިންކަމަަށެވެ. ޖުމްލަ ހަ ފެތުންތެރިންނަށް ސަރުކާރުގެ ޚަރަދުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމުގައިވިޔަސް ސައުތް އޭޝިއަން ގޭމްސްގައި އެގާރަ ފެތުންތެރިން ވާދަކުރާގޮތަށް ސްވިމިންގ އެކްސްކޯއިން މިހާރު ނިންމާފައިވާކަމަށްވެސް އިސްމާއިލް ފާހަގަކުރެއްވިއެވެ."ޓައިމް ޓްރަޔަލަށް ބަލާފަ ޓީމް ހޮވީ، ސަރުކާރުގެ ޚަރަދުގައި ހަ ފެތުންތެރިންނަށް ފުރުސަތު ލިބުނަސް ޖުމްލަ އެގާރަ ފެތުންތެރިން ސާފް ގޭމްސްގައި ވާދަކުރާނެ. އެއީ ހަ ފިރިހެން ފެތުންތެރިން އަދި ފަސް އަންހެން ފެތުންތެރިން" އިސްމާއިލް އަލީ ވިދާޅުވިއެވެ.ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވީ ސައުތް އޭޝިއަން ގޭމްސްގައި ދިވެހި ޓީމްގެ ޓާގެޓަކީ ޓީމް އިވެންޓްގައި މެޑަލެއް ހޯދުންކަމަށެވެ. އެންމެ ފަހުން ދިވެހި ޓީމް ވާދަކޮށްފައިވާ މުބާރާތްތަކުގައި ޓީމް ރިލޭތަކުގައި ދިވެހި ޓީމް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާކަމަށާއި، ޓީމް ރިލޭތަކުން މެޑަލެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް އިސްމާއިލް ފާހަކުރެއްވިއެވެ."ޓާގެޓަކީ ޓީމް ރިލޭއަކުން މެޑަލްއެއް ހޯދުން. އިންޑިވިޖުއަލް އިވެންޓްތަކުގައި މެޑަލް ހޯދޭވަރަށް ތަމްރީން ހެދޭނީ މާލޭގައި ސްވިމިންގއަށް ޚާއްސަ ޕޫލެއް އޮވެގެން"12ވަނަ ސައުތް އޭޝިއަން ގޭމްސް އޮންނާނީ މިއަންނަ މަހު 6 އިން 16 ގެ ނިޔަލަށް އިންޑިއާގައެވެ.ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމް:ފިރިހެންނިޝްވާން އިބްރާހިމްއިސްމާއިލް މުއުތަސިމް އަދުނާންމުބާލް އައްޒާމް އިބްރާޙިމްމުޙައްމަދު ނަޒްރާން ނަޒީރްހަސަން އަޝްރަފްމުޙައްމަދު ނައްވާރް އިބްރާހިމްއަންހެންއައިމިނަތު ޝަޖަންއައިޝަތު ސާޖިނާއައިޝަތު ސައުޝަންއަމްނައު އަޙުމަދު ސަލީމްއައިޝަތު ހުލްވާ ޚުލައިދްޓީމް މެނޭޖަރމަރިޔަމް ނަފްހާ އަލީކޯޗް އިސްމާއިލް ފިރުހާން