ޚަބަރު

ޕާމް ބީޗް ރިސޯޓްގެ މޫދުން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ


ޅ. އަތޮޅު ޕާމް ބީޗް ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.ފުލުހުން ވިދާޅުވީ، އިޓަލީގެ މި އަންހެން މީހާ މަރުވެފައި އޮއްވާފެނިގެން އެ ރިސޯރޓުން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:30 އެހާއިރުކަމަށެވެ.މި މީހާގެ ހަށިގަޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށާއި އެ މީހާގެ މަރުގެ މައްސަލަ އިތުރަށް ތަހްޤީޤްކުރުމަށް، ފުލުހުންގެ ޓީމެއް ޕާމް ބީޗް ރިސޯޓްގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.