ސިޔާސީ

މަހްލޫފާއި ދެކޮޅަށް ދައުލަތުން ދަޢުވާ އުފުލައިފި


ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމުގެ ދަޢުވާ ދަޢުލަތުން އުފުއްލަވައިފިއެވެ.މި މައްސަލާގައި އަންނަ ހޯމަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަޙްމަދު މަހްލޫފަށް ކްރިމިނަލްކޯޓުން މިއަދު ވަނީ ޗިޓް ފޮނުއްވާފައެވެ. އެ ޗިޓްގައިވާގޮތުން ދަޢުލަތުން މަހްލޫފާއި ދެކޮޅަށް އުފުއްލަވާފައިވާ ދަޢުވާގެ އަޑުއެހުންތައް ފެށުމުގެ ކުރިން މަޢުލޫމާތުދިނުމަށް އަންނަ ހޯމަދުވަހު ހެދުނު 9:00އަށް ކްރިމިނަލްކޯޓަށް ޙާޒިރުވާންޖެހެއެވެ.މަހްލޫފާއި ދެކޮޅަށް ދަޢުލަތުން ކުރަނީ ކޮން މައްސަލައަކާއި ގުޅުންހުރި ދަޢުވާއެއްކަމެއް އަދި ނޭގެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މާރޗްމަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން ބަންދުކުރައްވާފައިވާ ސަރައްހައްދަށް ވަނުމުގެ ތުހުމުތުގައި މަހްލޫފް ހައްޔަރުކުރައްވާފައިވެއެވެ.