ޚަބަރު

ތުލުސްދޫގައި މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ


ކ.ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފަތުރުވެރިޔަކު ގެނބިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 10:48 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާ މަރުވެފައިވަނީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ސިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ. މިޙާދިސާގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފަތުރުވެރިއެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި މިޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.