ވިޔަފާރި

މިނެ ކިރަން ބޭނުންކުރާ ތަކެތީގައި ސީލްޖެހުމުގެ މަސައްކަތް ފަށަނީ


މިނެ ކިރަން ބޭނުންވާ ތަކެތީގައި ސީލްޖެހުމުގެ މަސައްކަތް ރާއްޖޭގެ 6 ސަހަރައްދެއްގައި ވަރަށް އަވަހަށް ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓްގެ ފެއަރ ޓްރޭޑް ސެކްޝަނުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޑިރެކްޓަރ އަޙްމަދު މިޤްދާދް ވިދާޅުވީމި ޚިދުމަތް މިހާރު ދެމުންދަނީ ހަމައެެކަނި މާލޭގައިކަމަށާއި ނަމަވެސް އަތޮޅުތަކުން ކަނޑައަޅާފައިވާ 6 ސަރަހައްދެއްގައި ވަރަށް އަވަަށް މި ޚިދުމަތް ފަށާނެކަމަށެވެ. މިގޮތުން މިކަމަށް ބޭނުންވާ ބިޒްނަސް ސެންޓަރުތައް ޤާއިމްކުރެވި މުއައްޒަފުންވެސް ތަމްރީންކުރެވިފައިވާކަމަށް ވިދާޅުވިއެވެ.މި ސަހަރައްދުތަކުގެ ތެރޭގައި ހިނެނީ ހދ.ކުޅުދުއްފުށްޓާއި،  ޅ. ނައިފަރާއި،  ދ ކުޑަހުވަދޫއާއި،  ލ، ފޮނަދުއާއި،  ގދ ތިނަދޫއާއި،  ސ.ހިތަދޫއެވެ.ސީލްޖެހުމުގެ މި ޚިދުމަތުގެ ދަށުން ބަލާނީ ވިޔަފާރީގައި މިނެކިރަން ބޭނުންވާގިންތިތަކުގެ ތެރޭގައި ހިމެނޭ ދިގުމިނާއި،  ބަރުދަނާއި، ކޮޑިމިން ހަމަކުރުމުގެ މިންތަކަށްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.މިގޮތުން ބަރުދަން ހަމަތޯ ބަލަން ގެންގުޅޭ ކައްޓާފަދަތަކެއްޗާއި، ކޮޑިމިން ހަމަތޯބަލަން ގެންގުޅޭ ކޮންޓެއިނަރ އަދި ދިގުމިން ހަމަތޯ ބަލަން ގެންގުޅޭ ފަތިގަނޑުފަދަ ތަކެތީގައި ސީލް ޖަހާދެވޭނެކަމަށް އިކޮނިމިކް ޑިވެލޮޕްމަންޓްގެ ފެއަރ ޓްރޭޑް ސެކްޝަންގެ ޑިރެކްޓަރ އަޙްމަދު މިޤްދާދް ވިދާޅުވިއެވެ.މިކަމަށް ބޭނުންވާ ސާމާނު މިހާރު ލިބިފައިވާކަމަށާއި މި ޚިދުމަތް އަތޮޅުތަކުގައި ފެށިގެން ދިޔުމާއި އެކު މާލެނައިސް އެ ސަރަހައްދަކުން މި ޚިދުމަތް ލިބިގެންދާނެކަމަށްވެސް އަޙްމަދު މިޤްދާދް ވިދާޅުވިއެވެ.ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން މިނެކިރަން ބޭނުންވާތަކެތި ސީލްޖަހައިގެން ބޭނުންކުރުމަށް ލާޒިމްކުރެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިނެކިރުމާއި ގުޅޭގޮތުން ޤާއިމްކުރާ ނޭޝަނަލް މެޓްރޮލޮޖީ ލެބޯޓްރީވެސް މާލޭގައި މިހާރު ޤާއިމްކުރެވިފައިވާކަމަށާއި މި ލެބޯޓްރީ އައި.އެސް.އޯ މިންގަނޑަކަށް ފެއްތުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތް ނިމުމުން މިއީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ލެބޯޓްރީއަކަށް ވެގެންދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.މިންއެޅުމާއި މިނެކިރުމާއިބެހޭ ޤަވާއިދެއް، ވަރަށް އަވަހަށް ގެޒެޓްކުރެވިގެންދާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.