ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓަކަށް އިބްރާހީމް ރަޝީދު އަބޫބަކުރު އައްޔަންކޮށްފި


މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް އައްޔަންކުރެއްވީ އދ.މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރުއެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރުވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްގެ ނައިބުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާ ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަޤާމުތައް ފުރުއްވާފައެވެ.

އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.

އިބްރާޙިމް ރަޝީދާއެކު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިވަގުތު ތިއްބަވާނީ ދެ ބޭފުޅުންނެވެ. ދެން ހިމެނިވަޑައިގަންނަވަނީ އަޙުމަދު ޞާލިޙުއެވެ.