ސްރީލަންކާގެ ޚާރިޖީ ވަޒީރާއި އެޤައުމުގެ މާލީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.ސްރީލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރަ އާއި މާލީ ވަޒީރު ރަވީ ކަރުނަނަޔަކަގެ މިދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.މިދަތުރުފުޅުގައި އެދެބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލް ޤައްޔޫމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ދައުލަތުގެބައެއް ވަޒީރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.