ޚަބަރު

ތަމްރީނުތަކުގަ ބޭނުންކުރާ ކަހަލަ ވަޒަންތަކެއް ދުވާފަރުން ފެނިއްޖެ


ރ. ދުވާފަރުގައި ފުލުހުން ހިންގެވި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުގެ ގެއަކުން ވަޒަން ތަކެއް ފެނިއްޖެއެވެ. ފުލުހުންގެ އިދާރާއިން މަޢްލޫމާތު ދެއްވާގޮތުގައި މި އޮޕަރޭޝަން ހިންގަވާފައިވަނީ އިއްޔެއާއި ރޭގައެވެ. އެގޮތުން ދުވާފަރުގެ ގެތައް ބައްލަވާ ފާސްކުރައްވަމުން ދަނިކޮށް ގެއަކުން ފެނުނު ވަޒަންތަކަކީ ސިފައިންގެ ތަމްރީންތަކުގައި ބޭނުންކުރާ ވައްތަރުގެ ވަޒަންތަކެއްކަމަށް ބެލެވޭ ކަމަށް ފުލުހުންގެ އިދާރާއިން މަޢްލޫމާތު ދެއްވައެވެ.ވަޒަންތައް ފެނުމާގުޅިގެން މިއަދު ފުލުހުންނާ ސިފައިން ގުޅިގެން ދުވާފަރުގެ ގެތައް އިތުރަށް ޗެކްކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ފުލުހުންގެ އިދާރާއިން މަޢްލޫމާތު ދެއްވައެވެ.ދުވާފަރުން ފެނިފައިވަނީ ކިތައް ވަޒަން ކަމެއް އަދި މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.