ކުޅިވަރު

އިންޑޯ މުބާރާތުގައި ވާދަކުރުމަށް ސާއިދު ސާބިޔާއަށް


ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ދުނިޔޭގެ އިންޑޯ މުބާރާތުގައި ވާދަކުރަން ސާބިއާ އަށް ފުރައިފިއެވެ. ސާބިޔާގެ ބެލްގްރޭޑްގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް އޮންނާނީ މިއަންނަ ހުކުރު ދުވަހުއެވެ.

ސާއިދުގެ ކޯޗް ފާއިލްއާއެކު ސާއިދު ނަގާފައިވާ ފޮޓޯއެއް ޝޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިނުވެވޭތީ ހިތާމަ ކުރާކަމަށާއި ނަމަވެސް ދުނިޔޭގެ ލެވެލްގެ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބުމަކީ ފަހުރެއްކަމަށެވެ. ސާއިދު ސާބިއާއަށް ފުރާފައިވާއިރު، މާދަމާ ރޭ އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގައި އެންމެ މޮޅު ފިރިހެން އެތުލީޓުންގެ ގަދަ 3 ނޮމިނޭޝަނުގެ ތެރޭގައި ސާއިދުވަނީ ހިމެނިފައެވެ. އެންމެ މޮޅު ފިރިހެން އެތުލީޓުންގެ މަގާމަށް ވާދަކުރާ 3 އެތުލީޓުންނަކީ ސާއިދުގެ އިތުރުން އިބާދުﷲ އާދަމް އާއި ހުސެއިން ރިޒާއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.