ކުޅިވަރު

ގޯލްޑަން ފުޓްސެލްގެ ޒޯން ބުުރުގެ ކުޅުން ފަށައިފި


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022ގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗްތައް ހދ. ނާވައިދޫ، ށ. ކަނޑިތީމު އަދި އދ. އޮމަދޫއިން ކާމިޔާބުކޮށްފިއެވެ. ޒޯން ބުރުގެ ކުޅުން ފަށާފައި ވަނީ ރޭގައެވެ.

ކަނޑިތީމުން ވަނީ 5 ލަނޑު 0 ލަނޑުން ހޯރަފުށި ބަލިކޮށްފައެވެ. ހުޅުމާލެ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު މިމެޗްގައި ކަނޑިތީމުން ޖެހި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒާން ދެ ގޯލާއި މުޙައްމަދު ޝާނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ނަދާދު އަދި އަޙުމަދު ޒަމީމެވެ.

ހދ. ނާވައިދޫއިން ވަނީ 6 ލަނޑު 2 ލަނޑުން ށ.މިލަންދޫ ބަލިކޮށްފައެވެ. މިމެޗްގައި ނާވައިދޫގެ ގޯލްތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ވިސާމް ހަތަރު ގޯލާއި މުޙައްމަދު ނާޝިދު އަދި އިރުފާން މުޙައްމަދުއެވެ. މިލަންދޫގެ ދެ ގޯލު ޖެހީ އިބްރާހީމް ޒާހީ އާއި ހަސަން ނާސިހު އަހުމަދުއެވެ. އދ.އޮމަދޫއިން ވަނީ މ.މުލަކު 3 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ. މިމެޗްގައި އޮމަދޫ ޓީމުން ގޯލްތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ އަޒުމީ ދެ ގޯލާއި އަހުމަދު އަހުސަން އެއްގޯލެވެ. މުލަކުގެ ޓީމުގެ ގޯލްތައް ޖެހީ ސުޖުއާން ހުސެއިން އާއި އާދަމް ޝަހީމެވެ.

މިމެޗްތަކުގެ އިތުރުން ރޭ ކުޅުނު ތިން މެޗެއް ވަނީ އެއްވަރުވެފައެވެ. އޮގޮތުން ކ. ކާށިދޫ އާއި އއ.މަތިވެރި ވާދަކުރި މެޗް އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ. ޅ. ހިންނަވަރާއި ކ.ގާފަރު ވާދަކުރި މެޗް އެއްވަރުވެފައިވަނީ 3 ލަނޑު 3 ލަނޑުންނެވެ. އދ. މަމިގިލި އާއި މ. ދިއްގަރު ވާދަކުރި މެޗް އެއްވަރުވެފައިވަނީ 3 ލަނޑު 3 ލަނޑުންނެވެ.

މިމުބާރާތުގައި ކޮންމެ ޒޯނަކުން ވެސް 1 ވަނަ 2 ވަނަ ޓީމު ގަދަ 16 ޓީމު ވާދަކުރާ ބުރަށް ކޮލިފައިވާނެއެވެ.