ޚަބަރު

މިރޭ 20:00ގައި ރައީސް ޤައުމާ މުޚާތަބު ކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ޤައުމާއި މުޚާޠަބް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:00ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ޤައުމާއި މުޚާތަބު ކުރައްވާފައިވަނީ، މިޔަ އަހަރުގެ ނޮވެމްބަރު މަހު 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިރޭ ޤައުމާއި މުޚާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ޚިތާބު ދިވެހި ގިނަ ބްރޮޑްކާސްޓަރުން ލައިވްކޮށް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ރައީސް ޤައުމާ މުޚާޠަބު ކުރައްވައި ދައްކަވާ ވާހަކަފުޅުގައި ރާއްޖޭގެ ކޯވިޑްގެ ޙާލަތުގެމައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުންގެ ބައެއް ނިންމެވުންތައް ހާމަކުރައްވާނެކަމަށް މަޢުލޫމާތު ލިބެއެވެ.