ދުނިޔެ

2015 ގައި ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ވިޔަފާރި ދަށަށް ދިޔަ!


މިދިޔަ 2015 ވަނަ އަހަރު ޗައިނާގެ އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި ނިސްބަތުން ދަށްވެފައިވާ ކަމަށް ޗައިނާގެ ކަސްޓަމްސް އޮފީހުން ހާމަކޮށްފިއެވެ.ޗައިނާގެ ކަސްޓަމްސްގެ އޮފީހުން ބުނެފައިވަނީ، 2015 ވަނަ އަހަރު ޗައިނާގެ އެކްސްޕޯޓްގެ ވިޔަފާރި އެކެއް ޕޮއިންޓް އަށެއް އިންސައްތަ ވެއްޓިފައިވާ ކަމަށާއި މިދިޔަ އަހަރު އެ ސިނާޢަތުން ދޭއް ޕޮއިންޓް ދޭއް ޓްރިލިއަން ޑޮލަރުގެ އަދަދެއް ލިބިފައިވާ ކަމަށެވެ. އަނެއްކޮޅުން، 2015 ވަނަ އަހަރު ޗައިނާގެ އިމްޕޯޓް ވިޔަފާރި ވަނީ ތޭރަ ޕޮއިންޓް ދޭއް އިންސައްތައަށް ވެއްޓިފައެވެ.މިދިޔަ އަހަރު އެވިޔަފާރިން އިޤްތިސާދަށް ލިބިފައިވަނީ، އެކެއް ޕޮއިންޓް ހަޔެއް ޓްރިލިއަން ޑޮލަރުގެ އަދަދެއް ކަމަށް ވެސް ޗައިނާގެ ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ. ވޭތުވެދިޔަ 2015 ވަނަ އަހަރަކީ، ފާއިތުވި 25 އަހަރުގެ ތެރޭގައި ޗައިނާގެ އިޤްތިސާދީ ދުވެލި އެންމެ މަޑުން ކުރިއެރި އަހަރު ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އަދި މިހިގާ ދެހާސް ސޯޅަވަނަ އަހަރު ވެސް އިޤްތިސާދު އިތުރަށް ހީނަރުވާނެ ކަމަށް ޗައިނާގެ ސަރުކާރުން ލަފާކުރެއެވެ.