ޚަބަރު

އިތުރު 204 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 204 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 174000 އިން މައްޗަށްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 204 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 171 މީހުންނެވެ. އަދި މާލެއިން ޕޮޒިޓިވްވި 14 މީހަކާއި ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 174،367 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. މިވަގުތު ބަލީގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 12،520 މީހަކު މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެންމެ 4 މީހަކަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1916 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 161،537 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،667 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.