ވިޔަފާރި

ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކަށް 100،000 ރުފިޔާ ހަދިޔާކޮށްފި


ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ)އިން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބީއެމްއެލް އިން އެ ޖަމިއްޔާއަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ފޯރުކޮށްދިން މި އެހީއާއެކު މިއަހަރު ތެރޭގައި 100 އަށްވުރެ ގިނަ ފަރާތްތަަކަށް ގާގޫނީ އެހީ ހިލޭ ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެޖަމިއްޔާއާ މި އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއަރޕާސަން ޝަފީޢާ ރިޟާއެވެ.

އެފްއެލްސީ އިން ކުރިޔަށްގެންދާ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް 2019ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިވުމުންނެވެ.