ދުނިޔެ

އޮބާމާގެ އެންމެ ފަހު ރިޔާސީ ބަޔާން ދެއްވައިފި


އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އެންމެ ފަހު
ރިޔާސީ ބަޔާން ދެއްވައިފިއެވެ.



މިއީ 2009 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމާ
ހަވާލުވެވަޑައިގެން ފަހުން އޮބާމާ ދެއްވި 8 ވަނަ ރިޔާސީ ބަޔާނެވެ.



އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ކޮންގްރެސްގައި
އޮބާމާ ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި
އެމެރިކާގެ ސަރުކާރުން ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް ފާހަގަކުރައްވާ ވާހަކަ
ދައްކަވާފައެވެ.



މި ގޮތުން އެމެރިކާގެ ސިއްޙި ދާއިރާ އިސްލާހު
ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކާ އަވަށްޓެރި ކިއުބާއާއެކު އޮންނަ ގުޅުން
ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތައް އޮބާމާ ފާހަގަކުރެއްވިއެވެ.



ކުރިއަށް އޮތް އަހަރު ހާސިލްކުރަން ބޭނުންވާ
ކަންކަމުގެ ތެރޭގައި ކިއުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް
ލުއިކުރުން ހިމެނޭ ކަމަށް އޮބާމާ ވިދާޅުވިއެވެ.



މީގެ އިތުރުން ކިއުބާގައި އެމެރިކާއިން ހިންގާ
ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމާ، ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތާ
ދެކޮޅަށް އަސްކަރީ ބާރު ބޭނުން ކުރުން ފަދަ މުހިއްމު ކަންކަން ވެސް ރޭވިފައިވާ
ކަމަށް އޮބާމާ ވިދާޅުވިއެވެ.