ދުނިޔެ

ތުރުކީވިލާތުގެ 22 ތަނެއް ބަލާފާސްކޮށް، 59 މީހަކު ހައްޔަރުކޮށްފި


ތުރުކީވިލާތުގެ ފަސް ޕްރޮވިންސެއްގައި އެގައުމުގެ
ފުލުހުން ހިންގި ބަލާފާސްކުރުން ތަކެއްގައި ހައްދު ފަހަނައަޅާފައިވާ އައި.އެސް
ޖަމާޢަތަށް ނިސްބަތްވާ 59 ހަނގުރާމަވެރިން ހައްޔަރުކޮށްފިއެވެ.



ތުރުކީގެ ފުލުހުން ބަލާފާސްކުރުންތަކަކީ، އިއްޔެ
ތުރުކީގެ އިސްތަންބުލްގައި ދިން ހަމަލާއާ ގުޅިގެންކަމެއްކަން އަދި
ކަށަވަރު ނުވާ ކަމަށް ޚަބަރު ލިބެއެވެ. ތުރުކީވިލާތުގެ ފުލުހުން އިއްޔެ ހިންގި
އޮޕަރޭޝަންގައި ވަނީ 22 ތަނެއް ބަލާ ފާސްކޮށްފައެވެ.



އިސްތަންބުލްގައި އިއްޔެ ދިން ހަމަލާގައި 10 މީހުން
ވަނީ މަރުވެފައެވެ. މި ހަމަލާގައި ގިނައިން މަރުވެފައިވަނީ
ތުރުކީވިލާތުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޖަރުމަނުވިލާތުގެ ފަތުރުވެރިންނެވެ.



މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތުން އަދި
ނަގާފައެއް ނުވެއެވެ. ފަހަކަށް އައިސް ތުރުކީވިލާތުގައި ދޭ މިފަދަ
ހަމަލާތައް ވަނީ އިތުރުވެފައެވެ.