ޚަބަރު

ކުޑަކުއްޖަކާއި ގަދަކަމުން ބެހިގެން 3 މީހަކު ހައްޔަރުކޮށްފި


18 އަހަރު ނުފުރޭ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި 2 ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ގދ. މަޑަވެލިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ފުލުހުންނަށް ރޭ ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި ފުލުހުން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވެއެވެ. 

އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.