ޚަބަރު

އެމްއައިބީގެ ޙިދުމަތް އޭދަފުށްޓަށް


މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ އޭޓީއެމްއެއް ބ.އޭދަފުށީގައި ހުޅުވައި، ޙިދުމަތްދޭން ފަށައިފިއެވެ.

އޭދަފުށީގައި ހުޅުވި މި އޭޓީއެމުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް ލިބޭނެކަމަށާއި އެ ބޭންކުގެ އެންމެ ފަހުގެ އޭޓީއެމްތަކުން ދެމުން އަންނަ ކާޑު ބޭނުންނުކޮށް ފޯނު ބޭނުންކޮށްގެން ފައިސާ ޖަމާކުރުމުގެ ހިދުމަތްވެސް މި އޭޓިއެމްއިން ލިބޭނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

އެބޭންކުން ބުނީ އެންމެ ބޮޑު މަގުސަދަކީ މުޅި ރާއްޖެއަށް ޓެކްނޮލޮޖީ މެދުވެރިކޮށް މި ހިދުމަތް ތައާރަފުކޮށް، އެބޭންކުގެ ޙިދުމަތް ބޭނުންވާ ވީހާވެސް ގިނަބަޔަކަށް ޙިދުމަތް ލިބޭނެ ފަސޭހަގޮތްތަކެއް ހެދުންކަމަށާއި، މިއަހަރު އިތުރު ރަށެއްގައި އޭޓީއެމް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އޭދަފުށީގައި މިވަގުތު އޭޓީއެއްމްއެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ހިންގި ނަމަވެސް ކުރިއަށް މިއޮތް ދެއަހަރެއްހާދުވަހުގެ ތެރޭގައި ހިދުމަތް ފުޅާކުރުމަށް އެބޭންކުގެ ގޮތްޕެއް ޤާއިމްކުރުމަށް ވިސްނަމުންދާކަމަށްވެސް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ ކަސްޓަމަރުން ހޯދާ އެކައުންޓް ހުޅުވުމުގެ މަސައްކަތް މިހާރު އެރަށުގައި ކުރަމުންދާކަމަށެވެ. މިއީ އެބޭންކުގެ ޙިދުމަތް ފުޅާކުރުމަށް އަތޮޅުތެރޭގައި ހުޅުވި 6 ވަނަ އޭޓީއެމްއެވެ. މިހާރުވެސް އޭދަފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންއެއް ހުރެއެެވެ. އިތުރު ބޭންކެއްގެ ހިދުމަތް ލިބިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހައެއްކަމަށް އެންމެންވެސް ދެކެއެވެ.