ޚަބަރު

ޓެކްސީއަކަށް އެރި އަންހެނަކަށް ގޯނާކުރި މީހާގެ ބަންދަށް 3 ދުވަސް


ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 3 ދުވަސް ދީފިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ޓެކްސީއަކަށް އެރި ޢުމުރުން 20 އަހަރުގެ އަންހެނަކު ހުޅުމާލޭ ފޭސް 2 އަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 3 ދުވަސް ދީފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ 20 އަހަރުގެ ދިވެހި އަންހެން މީހާ ނުރުހުމުގައި ހުޅުމާލެ ފޭސް ދޭކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިމަހުގެ 7ވަނަ ދުވަހުގެރޭ ރޭ 12.50 ހާއިރުއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ހައްތަރުކޮށްފައިވަނީ ޓެކްސީ ދުއްވަން އިން ޑްރައިވަރެވެ. އަދި އަންހެން މިހާ ކާރަށް އަރާފައިވަނީ ހެންވޭރުން، މާފަންނަށް ދަތުރެއް ކުރުމަށްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.