ޚަބަރު

މިޔަންމާގައި ސުލްޙައިގެ ވާހަކަތައް ފަށައިފި


މިޔަންމާގައި ހަރަކާތްތެރިވާ
ހަނގުރާމަވެރި ޖަމާއަތްތަކާއި، ސަރުކާރުގެ ފަރާތްތަކާއި އަސްކަރިއްޔާގެ މެދުގައި
ސުލްޙައިގެ މަޝްވަރާތައް ފަށައިފިއެވެ.



ސުލްޙައިގެ މަޝްވަރާތައް
ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަންނަ މާޗް މަހު ރަސްމީ ގޮތުން
ވެރިކަމާއި ހަވާލުވާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ގެ ލީޑަރު އަންގ ސަން ސޫކީގެ
އިސްނެންގެވުމަށް ފެށި މަޝްވަރާ ބައްދަލުވުމުގައި މިދިޔަ އަހަރުގެ ރިޔާސީ
އިންތިހާބުގައި ވާދަކުރައްވާ، ނާކާމިޔާބު ވެވަޑައިގެންނެވި ތިއެން ސިއެން ވެސް
ބައިވެރިވެ ވަޑައިގަންނަވައެވެ.



މަޝްވަރާ ބައްދަލުވުން ފެށުމުގެ
ގޮތުން ދެއްކެވި ވާހަކަފުޅުގައި ސިއެން ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން
މިޔަންމާގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅިގެންދާނޭ ކަމަށެވެ. އަދި، މާޗް މަހު
ސަރުކާރު ހިންގުމާއި ހަވާލުވާ އިރު، އެކަމަށް ވާން ޖެހޭ ތައްޔާރީތަކަށް މި
ބައްދަލުވުމުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނޭ ކަމަށްވެސް އޭނާ ވަނީ
ފާހަގަކުރައްވާފައެވެ.



އަންގ ސަން ސޫކީ ވަނީ ގައުމުގައި
ސުލްހަ ގާއިމްކުރައްވާނޭ ކަމަށް ވައުދު ވެވަޑައިގެންނަވާފައެވެ. އަދި، އެކަމަނާގެ
ސަރުކާރެއްގައި ސުލްޙަ ޤާއިމްކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނޭ ކަން ކަމަށްވެސް
ވިދާޅުވެފައިވެއެވެ.