ކުޅިވަރު

ރާއްޖޭގެ ފުޓްސެލް ޓީމުން ތައިލެންޑް މުބާރާތުގައި ވާދަކުރަނީ


އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކުގެ ކުރިން ރާއްޖޭގެ ޤައުމީ ފުޓްސެލް ޓީމުން ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވިޓޭޝަނަލް ކަޕެއްގައި ބައިވެރިވުމަށް ނިންމައިފިއެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި މެޗްތައް ކުރިއަށްދާނީ ކިރްގިސްތާންގައެވެ. ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ހިމެނެނެނީ ރާއްޖޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން، އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްސެލް ޓީމުން ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވިޓޭޝަނަލް ކަޕެއްގައި ބައިވެރިވުމަށް ނިންމާފައިވާއިރު، މިމުބާރާތް ތައިލެންޑްގައި ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. މިމުބާރާތުގައި ގުރޫޕް އޭގައި ރާއްޖޭގެ އިތުރުން ވާދަކުރުމަށް ހަމަޖެހިފައިވަނީ އޮމާނެވެ. ގްރޫޕް ބީގައި ހިމެނެނީ އީރާން، މިޔަންމާ އަދި މޮންގޯލިއާއެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން ދެވަނަ ބުރަށް ދަތުރުކުރާނީ 15 ޓީމެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭއިން ދެވަނަ ބުރަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން ރާއްޖޭގެ ކުޅޭ ފުރަތަމަ މެޗްގައި ރާއްޖެ ނިކުންނާނީ އިރާނާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ދެވަނަ މެޗްގައި ރާއްޖެއިން ނިކުންނާނީ ކިރްގިސްތާނައި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 11 ދުވަހުއެވެ. ގުރޫޕްގެ ފަހު މެޗްގައި ރާއްޖެއިން ވާދަކުރާނީ ތުރުކުމަނިސްތާންއާއިއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.