ކުޅިވަރު

ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދިޔަ ޓީމްތައް ކަށަވަރުވެއްޖެެ


ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ގްރޫޕް މެޗުތައް ނިމި ކުއާޓަރ ފައިނަލަށް ދަތުރުކުރި ޓީމްތައް ކަށަވަރުވެއްޖެެވެ.

މުބާރާތުގައި އިއްޔެ ވަނީ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު 4 މެޗް ކުޅެފައެވެ. ފުރަތަމަ މެޗް ވިޔަންސާ ކާމިޔާބުކުރީ ނިއުސްޓަރ އާއި ވާދަކޮށް 25 ލަނޑުންނެވެ. ގްރޫޕް އޭ އިން ވިޔަންސާ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އެޓީމް ކުޅުނު 4 މެޗްވެސް ކާމިޔާބުކޮށް ސައްތަ އިން ސައްތަ ރެކޯޑަކާ އެކުއެވެ. ދެވަނަ މެޗް މިލާން ކާމިޔާބުކުރީ ވެސްޓް ސްޕޯޓްސް ކުލަބާއި ވާދަކޮށް 84 ލަނޑުންނެވެ. ގްރޫޕް ބީގައި ވާދަކުރި މިލާން ކްރިކެޓް އެކެޑަމީ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށްފައެވެ.

އިއްޔެ ކުޅުނު ތިން ވަނަ މެޗް މާލޭ ވެޓްރަންސް ކާމިޔާބުކުރީ މާލޭ ސްޕޯޓްސް އާއި ވާދަކޮށް 3 ވިކެޓުންނެވެ. އަދި ހަތަރުވަނަ މެޗް ސީބީއެލް ކާމިޔާބުކުރީ ނިއު ސްޓަރއާއި ވާދަކޮށް 8 ވިކެޓުންނެވެ. މުބާރާތުގައި ކުޓަރ ފައިނަލަށް ނުގޮސް ކެޓީ ކޮންމެ ގުރޫޕަކުންވެސް އެންމެ ފުލަށް ދިޔަ ޓީމެވެ.